ޚަބަރު

ޖޭއެސްސީ ވަނީ ސިޔާސީވެފައި: ޑރ.ޖަމީލު

ފަތޯނާ ފާއިޒު

ފަނޑިޔާރުން ވަކިކުރުމުގައި ޖުޑީޝަލް ސަރވިސް ސަރވިސް(ޖޭއެސްސީ)އާ ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ ގޮތުން ޑިއު ޕްރޮސެސް ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގާނޫނު އަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ގާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭ ކަމަށެވެ. އަދި ޖޭއެސްސީ ސިޔާސީ ވެފައިވާއިރު މަޖިލީހުން ބަލަނީ ގާނޫނު އަސާސީއާ ހިލާފަށް ކަން ކުރަން ފަހިކުރުމަށް ކަަމަށްވެސް ޑރ.ޖަމީލު ތުހުމަތު ކުރެއްވިއެވެ.

އަބްދުﷲ ދީދީ ވަކިކުރަން މަޖިލީހުގެ އިއްޔެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެކަންޏެވެ.

އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަން ފަށާފައި ވަނީ ފުލުހުން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެއީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފޮނުވި ސިޓީ އެކެވެ. ޖޭއެސްސީ ރިޕޯޓުގައި ވާގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާތަކެއް ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ޑރ.ޖަމީލު ކުރެއްވި ޓްވީޓް