ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ދިޔަމިގިއްޔަށް ވަޑައިގެންފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތ.ދިޔަމިގިއްޔަށް ވަޑައިގެންފިއެވެ.

މިއަދު ރައީސް ދިޔަމިގިއްޔަށް ވަޑައިގެންނެވީ އެއަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ދިޔަމިގިއްޔަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ރައީސް އަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ދިޔަމިގިލީ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ދިޔަމިގިއްޔަށްފަހު އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖައްސާފައިވަނީ އެއަތޮޅު ބުރުންޏަށެވެ.