އެމްއެންޑީއެފް ގެ މޮޓޮރކޭޑް ގައި ބޭނުންކުރާ ވެހިކަލް އެއް މިއަދު މެންދުރުގެ ވަގުތެއްގައި ހައިވޭ މަތިން އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ އެމްއެންޑިއެފް ގެ މޮޓޯރކޭޑްގައި ބޭނުންކުރާ ވެހިކަލެއް ހުޅުމާލެ އިން ބުރިޖް އާ ވީކޮޅަށް ހައި ވޭގައި ދުއްވާފައި ދަނިކޮން ޑިވައިޑާރ ތަކުގައި ޖެހިގެން ކަމުގައެވެ.
އަދި މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ 12:37 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މިކަމާބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.