އޯކިޑް މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ފާރުން ބައެއް މަގުމައްޗަށް ވެއްޓި، ވޭނަކަށް ގެއްލުން ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭގެ 00:37 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ފާރުން ބައެއް މަގުމައްޗަށް ވެއްޓި އެ ސަރަހައްދުގައި އޮތް ވޭނެއްގެ ވިިންޑް ސްކްރީންގެ ބައެއް ތަޅާއިގެން ގޮސްފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމުގައެވެ.
މި ހާދިސާގައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން މައުލޫމާތުދެއެވެ.