ގަދަ ވިއްސާރައާއެކު ކޮޅިގަނޑެއްގައި ވ. ފެލިދޫގެ ދެ ގެއެއްގެ ފުރާޅަށް ގެއްލުންވެ ދެ ބަނބުކެޔޮ ގަސް މުލުން ލުހި ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:30 ހާއިރު ގަދަ ވިއްސާރައާއެކު އައި ކޮޅިގަނޑެއްގައި ފެލިދޫގެ ގެއެއްގެ ފުރާޅުގެ ބޮޑު ބައެއް އެއްލާލައިފައިވާ ކަމަށާއި އަދި އެހެން ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. މީގެ އިތުރުން ދެ ބަނބުކެޔޮ ގަސް މުލުން ލުހިގެން ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުރާޅު އެއްލާލި ގޭގެ ފުރާޅުގައި އަލުން ޓިނު ޖެހުމާއި ގެއްލުން ލިބުނު ގޭގެ ފުރާޅު މަރާމާތު ކުރުމުގެ އިތުރުން ވެއްޓިފައިވާ ގަސް ނަގައި ސާފުކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި އާއްމު ރައްޔިތުންގެ ބަޔަކު އަދި ފުލުހުން ގުޅިގެން މިހާރު އަންނަނީ ކުރަމުން ކަމުގައި ފުލުހުން މައުލޫމާތުދެއެވެ.
މިހާރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ސަމާލުވެ ތިބުމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓުން މިއަދު ވަނީ އިލްތިމާސްކުރައްވާފައެވެ.