ސިހުރު ހަދަން ބޭނުން ކުރާ ކަމަށް ބެލެވޭ ލިޔުންތަކެއް ހދ. ކުމުންދޫގެ ގެއަކުން ހޯދައިފިއެވެ.
ފުލުހުން ބުނީ، އެ ގޭ ތެރެއިން ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުންތައް ހޯދީ ފުލުހުންނަށް ލިބުނު މައުލޫމާތު ތަކަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.