ޚަބަރު

އެޗްޕީއޭއިން ސީގަލް ކެފޭ ހައުސް ބަންދުކޮށްފި

އަހުމަދު ޖައިޝަން

ޗާންދަނީ މަގާއި ފަރީދީ މަގާ ދެމެދު ހުންނަ ސީގަލް ކެފޭ މޯލްޑިވްސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ސީގަލް ކެފޭ ބަންދުކޮށްފައިވަނީ އެ އޭޖެންސީގެ ސާފުތާހިރު ކަމުގެ މިންގަނޑަށް އެ ކެފޭ ނުފެތޭތީއެވެ.

އެޗްޕީއޭއިން ވަނީ ސީގަލް ބަންދުުކުރި ކަމުގެ ނޯޓިސް އެ ކެފޭގެ ދޮރުމަތީގައ ހިއްޕައިފައެވެ.

އެތަން ބަންދުކޮށްފައިވަނީ "ކާބޯތަކެެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު"އާ ހިލާފުވުމުގެ ސަބަބުންނެވެ.

އެތަން އަނބުރާ ހުޅުވާނެ ދުވަހެއްގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެ މައްސަލައާ ގުޅިގެން ސީގަލް އިން ވަކި ބަހެއް ދީފައެއް ނުވެއެވެ.