ޔޫއެފާ

ކެންޓޯނާއަށް ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު ދެނީ

އަލީ ރިފްޝާން

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޯނާއަށް މިއަހަރުގެ ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު ދިނުމަށް ނިންމައިފިއެވެ.

ކެންޓޯނާގެ 14 އަހަރުގެ ކެރިޔަރުގައި އޭނާ ވަނީ 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކެންޓޯނާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އޭނާ ވަނީ 1992 އިން 1997 އަށް އެ ކްލަބަށް ކުޅުނު 143 މެޗުން 64 ލަނޑު ކާމިޔާބުކޮށްފައެވެ.

ކެންޓޯނާއަށް އެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ މޮނާކޯގައި އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމަށް ބާއްވާ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާ ވެސް އިއުލާންކުރުމަށް ހަމަޖެހިފައިވެއެވެ.

ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ އެވޯޑު ކެންޓޯނާއަށް ދޭން ނިންމާފައިވަނީ އޭނާގެ ފުޓްބޯޅަ ކެރިޔަރާއި ޗެރިޓީ މަސައްކަތްތަކަށް ބެލުމަށްފަހު ކަމަށެވެ.