ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުން ޝިފާއު އިސްތިއުފާ ދެއްވައިފި

ފަތޯނާ ފާއިޒު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހްމަދު ޝިފާއު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ޝިފާއު "ވަން" އަށް ވިދާޅުވީ، އެ ނިންމުން ނިންމީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. ނަމަވެސް ސީދާ ސަބަބެއް ވިދާޅުވެއް ނުވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ޝިފާއު އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމްގެ ވެރިކަމުގައި، މިދިޔަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފާއިޒު ރަޝާދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ފަސް މެންބަރުން ތިއްބަވާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ޝިފާއުގެ އިތުރުން ދެބް ތިއްބެވީ ޓްރައިބިއުނަލްގެ ނައިބް ރައީސް އައިޝަތު ފިޒްލީން އާއި މަރިޔަމް ރިޝްފާ އާއި މަރިޔަމް މުނާގެ އިތުރުން މަރިޔަމް ޝަމްއާ އިބްރާހީމެވެ.