ރައީސުލް ޖުމްހުރިއްޔާ އިބްރަހިމް މުހައްމަދު ސާލިހް ގެ ދައުވަތުފުޅަކަށް، އަންނަ ސެޕްޓެމްބަރުމަހުގެ ދެވަނަ ދުވަހު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި ބޮޑުވަޒީރާއެކު އަނބިކަނބަލުން ޕްރޮފެސާރ މައިތިރީ ވިކްރަމަސިންހަ އާއި އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެކަމަށްވެއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމުގައެވެ.
މީގެ އިތުރުން އަންނަ މަހުގެ ތިނަކުން ހަތަރަކަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ޗެއާކުރައްވާނީވެސް ރަނިލްކަމަށް ރައީސް އޮފީހުން ބުންޏެވެ.