ސާބިތުކަމާއެކު އަދިވެސް ހުންނެވީ ޕީޕީއެމްގައި ކަމަށް ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ހަލީލު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީގެ އިސް މަގާމުތައް ކުރިން އަދާކުރެއްވި ބައެއް ބޭފުޅުންނާއެކު ހަލީލު ވެސް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާ ކަމުގެ ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ. ހަލީލު ވިދާޅުވީ އޭނާ އަދިވެސް ހުރީ ޕީޕީއެމްގައި ކަަމަށާއި، ޕީޕީއެމްގެ ހިންގުމާއި މެދު އޭނާގެ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.
ހަލީލު ވިދާޅުވީ ޕާޓީ ވަރުގަދަ ކުރެވޭނީ ޕާޓީ ހިންގާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އެގޮތުން ޕާޓީ ހިންގާއިރު އާންމު މެންބަރުން ގާތަށްގޮސް އާންމު މެންބަރުންގެ އަޑު އަހަން ޖެހޭ ކަމަށް ހަލީލު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަން، ޕްރޮގްރެސިވް ކޯލިޝަން ދޫކޮށް ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް އެވެ.