މިއަދު ހެނދުނު ހުޅުމާލެ ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކުޑަ ވޭނެއް ކާނުގަނޑުގައި ޖެހި ފުރޮޅާލައިފިއެވެ.
ވޭން ފުރޮޅާލިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދުގެ ހެނދުނު 09:25 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓުގައި ވޭން ދުއްވަން އިން މީހާގެ ތުންފަތް ފަޅައިގެން ދިޔަ ނަމަވެސް އިތުރު އަނިޔާ އެއް ވެފައި ނުވާއިރު ވޭނަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ވޭން ދުއްވަން އިނީ ލައިސެންސް އޮތް، 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.