ދެހާސް ބާރަވަނަ އަހަރު، އޭރުުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވި، ހާދިސާގައި ފުލުހުންގެ ތެރޭގައި ހިންގައިދިޔަ ކަންތައްތައް ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާ މާދަމާ ސުވާލު ކުރައްވާނެ އެވެ.
އެކަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ސުވާލުގައި ޖާބިރު ވިދާޅުވެފައި ވަނީ، ހައެއް ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ ޣައިރު ގާނޫނީ އަމުރު ކުރާކަމަށްބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލުނުވެ، ހަތެއް ފެބްރުއަރީ 2012ގައި ހިިނގައިދިޔަ ހަމަނުޖެހުުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އަދި އަށެއް ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓުތަކުގައި ވަނީ ހުޅު ޖަހައިފައެވެ.
ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ، މިނިސްޓަރާ ސުވާލު ކުރެއްވުމަށް ޖާބިރު ވަނީ ހިމަނައިފައެވެ.