ކްރިސްޓިއާނޯ ރޮނާލްޑޯ

އިމްތިހާނުގައި "ގޯޓް"އަކީ ކޮބައިތޯ އެހުމުން ދަރިވަރު ދިން ޖަވާބަކީ ރޮނާލްޑޯ

އިމްތިހާނެއްގައި ފްރެންޗް ބަހުން ބަކައްޓަށް ކިޔަނީ ކޮން ނަމެއްތޯ އަހާފައި އިން ސުވާލެއްގެ ޖަވާބުގައި ދަރިވަރަކު ކްރިސްޓިއާނޯ ރޮނާލްޑޯއޭ ޖަހައިފިއެވެ.

ބަކައްޓަކީ ޕޯޗުގަލް ތަރި ރޮނާލްޑޯއޭ ޖަހާފައިވަނީ އުމުރުން 15 އަހަރުގެ ދަރިވަރެއް ކަމަށްވާ އަހްމަދު ނާބިލްއެވެ. އޭނާ އެ ސުވާލުގެ ޖަވާބަކަށް ޖަހާފައިވަނީ "އުން ރޮނާލްޑޯ"އެވެ. އެ އިމްތިހާނުގައި އެކި ޖަނަވާރުންނަށް ފްރެންޗް ބަހުން ކިޔާ ނަންތަކާ ގުޅޭގޮތުން ސުވާލުތައް އައިސްފައިވެއެވެ.

އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން"އިން ސުވާލުކުރުމުން އޭނާ ބުނެފައިވާ ގޮތުގައި "ގޯޓް"އަކީ ރޮނާލްޑޯއޭ ލިޔެފައިވާނީ އެއީ އެންމެ ގަބޫލުކުރެވޭނެ ނަން ކަމަށް ވުމުންނެވެ. އެއީ އޭނާ މީގެ ދެ އަހަރު ކުރިން ހެދި އިމްތިހާނެއްގައި ކުރިމަތިވި ސުވާލަކަށް ދިން ޖަވާބެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް އެއީ ވަރަށް އުނދަގޫ އިމްތިހާނެއް. ހާއްސަކޮށް ފްރެންޗް ބަހުން އެކި ޖަނަވާރުތަކަށް ކިޔާ ނަންތަކާ ގުޅޭގޮތުން އައި ސުވާލުތައް ވަރަށް އުނދަގޫވި. މާނައާއެކު ލިޔަން ޖެހުނީ. އަހަރެންނަށް ފްރެންޗް ބަހުން ބަކައްޓަށް ކިޔާ ނަމެއް ނޭނގުނު. އެހެންވީމާ ޖަވާބެއް ނުޖަހައި ދޫކޮށްލުމަށްވުރެ އެންމެ އުފެއްދުންތެރި ޖަވާބަކަށް ވާނީ ރޮނާލްޑޯއޭ ޖެހުން ކަމަށް އަހަރެންނަށް ވިސްނުނު،" އޭނާ ބުންޏެވެ.

ނާބިލް ވަނީ އެ އިމްތިހާނުގައި ދިން އެ ޖަވާބުގެ ފޮޓޯއެއް ވެސް ޓުވިޓާގައި ހިއްސާކޮށްފައެވެ. އެ ޓުވީޓަށް 24 ގަޑިއިރުގެ ތެރޭގައި 15،000 އަށްވުރެ ގިނަ ލައިކް ލިބިފައިވެއެވެ.

ނާބިލް ވަނީ ރޮނާލްޑޯގެ އިތުރުން އެ އިމްތިހާނުގައި އާސެނަލްގެ ސްޕެއިން މިޑްފީލްޑަރު މެސުޓް އޮޒިލްގެ ނަން ވެސް ޖަހައިފައެވެ. އޮޒިލްގެ ނަން ވެސް ނާބިލް ޖަހާފައިވަނީ ސުވާލަކަށް ޖަވާބެއް ނުޖަހައި ދޫކޮށްލަން ބޭނުންނުވާތީއެވެ.

"ގޯޓް" ފާހަގަކޮށްލެވިފައިވަނީ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ލަގަބެއްގެ ގޮތުގައެވެ. އެއް ބަޔަކު "ގޯޓް" އަކީ ރޮނާލްޑޯ ކަމަށް ބުނަމުންދާ އިރު، އަނެއް ބަޔަކު ބުނަމުންދަނީ އެ ލަގަބު ދޭން އެންމެ ހައްގު ކުޅުންތެރިޔަކީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކަމަށެވެ.