ޚަބަރު

ކުރީގެ ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ބައްދަލުކުރައްވައިފި

ކުރީގެ ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، ގާސިމް އިބްރާހީމް ބައްދަލުކުރެއްވީ މިއަދު ހެނދުނު ގ. ކެނެރީގޭގައެވެ.

މިބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް ރައީސް ނަޝީދު ވެސް އަދި ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން ވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދާއި ގާސިމް މިއަދު ބައްދަލު ކުރެއްވިއިރު، ރައީސް ނަޝީދު މީގެ ދެދުވަސްކުރިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ދެކަނބަލުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އައްޔަންވީ 62 މެންބަރުންގެ ވޯޓުން ލިބިގެންނެވެ.