ޚަބަރު

ހުޅުމާލޭގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ބަލަނީ

އަހުމަދު ޖައިޝަން

ހުޅުމާލޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

"ވަން އޮންލައިން" އަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އެ ކުއްޖާގެ އާއިލާއިންނެވެ.

ކުޑަ ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 2300 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައުލޫމާތުގެ އިތުރުން އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.