ސުޕްރީމް ކޯޓުގެ ބެންޗަށް ގާނޫނުން ގެނައި ބަދަލާ ގުޅިގެން އެ ކޯޓުގެ ބެންޗަށް ދެ ފަނޑިޔާރުން ބޭނުންވެގެން ހުޅުވާލާފައިވާ ފުރުސަތުގައި، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު މިއަދު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައި ވަނީ، ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ހައިކޯޓުގެ ފަނޑިޔާރުންތަކެއް ސުޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލައްވާފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަމުގެ ގޮތުގައި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ﷲޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫންގެ ނަން ޖޭއެސްސީގެ ލަފަޔަކަށް ފޮނުއްވާފައި ވަނިކޮށެވެ.