ޚަބަރު

ޑރ.ޝަމްހީދުގެ ދެ ކެޑެލަކް އެސްޔޫވީ ގައި، އެއް ރަޖިސްޓްރޭޝަން ޕްލޭޓް އެއް!

މަރިޔަމް ޝަހުދާ

1

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.އަހުމަދު ޝަމްހީދުގެ ދެ ކެޑެލަކް އެސްޔޫވީ ގައި އެއް ރަޖިސްޓްރޭޝަން ޕްލޭޓް އެއް ހަރުކޮށްފައިވާ ފޮޓޯ ތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯ ތަކުގައި ރަތް އަދި ކަޅު ކުލައިގެ ކެޑެލަކް އެސްޔޫވީ ގައިވެސް އެއް ލައިސަންސް ރެޖިސްޓްރޭޝަން ޕްލޭޓް އެއް ހަރުކޮށްފައިވާތަން ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެކާރުގެ ތެރެއިން ކަޅު ކުލައިގެ ކެޑެލަކް އެސްޔޫވީ އޮތީ ރަޖިސްޓަރ ނުކޮށެވެ. އަދި މިހާރު މިކާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިކަން ފުލުހުންނަށް ރިޕޯޓު ކުރުމުން އެސަރަހައްދަށް ދިޔަ އިރު ކަޅު ކުލައިގެ ކެޑެލަކް އެސްޔޫވީގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓް ހުރީ ބަދަލުކޮށްފައިކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ކާރު ގެންދިޔައީ މިކާރަކީ އެހެން ޒޯނަކަށް ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ވުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިކާރު މިހާރު އޮތީ ޓޯޔާޑުގައެވެ. އަދި މިކަމާ ގުޅޭ އެކި އިދާރީ ކަންކަން ފުލުހުން ފުރިހަމަ ކުރަމު އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟