ލައިސަންސް ނެތި ސައިކަލު ދުއްވި މީހެއްގެ އަތުން ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
އއ.އުކުޅަހުގައި މިއަދު މި އެކްސިޑެންޓު ހިނގާފައިވަނީ 17:15 ހާއިރުއެވެ.
މި ހާދިސާގައި ތިން އަހަރުގެ ކުޑަ ކުއްޖާގެ ކަކުލުން ތަންކޮޅެއްގެ ހަންމަށައިގެން ދިއުން ނޫން އަނިޔާއެއް ބޭރުފުށުން ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އުކުޅަހު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު ކުއްޖާއަށް އިތުރު އަނިިޔާއެއް ލިބިފައިވޭތޯ ބެލުމަށް މިހާރު އެއަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގީ، އެ ކުއްޖާ ހިނގާފައި ދަނިކޮށް އޭނާގެ ގައިގަ ސައިކަލުން ޖެހިގެންނެވެ.
ކުޑަކުއްޖާގައިގަ ޖެހުނު ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.