ލައިފް ސްޓައިލް

ޝިލްޕާ ފިޓް އިންޑިއާ މޫވްމަންޓްގެ އެޑްވައިޒަރީ ކޮމިޓީއަށް

މަގުބޫލު އެކްޓަރެއްގެ އިތުރުން ޝިލްޕާ ވަނީ ފިޓްނަސްގެ ދާއިރާގައިވެސް މަގުބޫލުކަން ހޯދާފައެވެ.

އެގޮތުން ޝިލްޕާ ވަނީ އަމިއްލަ ވެބްސައިޓަކާއި ޔޫޓިއުބް ޗެނެލެއް ފިޓްނަސް ޕްރޮމޯޓްކުރުމަށް އުފައްދާފައެވެ.

ފިޓްނަސްއަށް ޝިލްޕާހުރި ޝައުގާއި ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން އޭނާ ވަނި ފިޓް އިންޑިއާ މޫވްމަންޓްގެ އެޑްވައިޒަރީ ކޮމިޓީއަށް ހޮވާފައެވެ.

އެކަން ޝީލްޕާ ވަނީ ޓުވީޓަކުން ހާމަކޮށްފައެވެ. ފިޓް އިންޑިއާ މޫވްމަންޓަކީ އިންޑިއާގެ ބޮޑު ވަޒީރު އެ ގައުމުގެ މީހުން ފިޓްނަސްއަށް ޝައުގުވެރިކަން އުފައްދައި އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.