ޚަބަރު

ބެސްޓް އެމްޕްލޯޔާ އެވޯޑް އަަދި ޓެކް ލީޑާޝިޕް އެވޯޑް މިއަހަރުވެސް އޫރިދޫ މޯލްޑިވްސްއަށް

އާނިފާ ހުސެއިން ސިރާޖް

ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި އެމްޕްލޯޔާ ބްރޭންޑިންގް އިންސްޓިޓިއުޓްއިން ދޭ "ބެސްޓް އެމްޕްލޯޔާ ބްރޭންޑް" އެވޯޑް އަަދި "ޑިޖިޓަލް އެޗްއާރު ޓެކް ލީޑާޝިޕް" އެވޯޑް އޫރިދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

އުރީދޫގެ ފަރާތުން މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ ސީނިއާ މެނޭޖަރު އޯގަނައިޒޭޝަން ޑެވެލޮޕްމަންޓް، ފަޒްނާ މަންސޫރެވެ. އެގޮތުން މިއީ މި ދެ އެވޯޑް އޫރިދޫ މޯލްޑިވްސްއަށް ވިދިވިދިގެން ލިބުނު ތިންވަނަ އަހަރެވެ.

ޑިޖިޓަލް ޓެލެ ކޮމިޔުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސްގައި މިހާރު 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސްއެވެ.

ސިންގަޕޫރުގައި މިއަހަރު ބޭއްވި މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.