ދެކުނުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެ ރަށުގެ ކައުންސިލްގެ ރައީސް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރުމަށް އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެކަމާ ގުޅޭގޮތުން ފުލުހުން އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.