ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އުލިގަމުގައި އަޅާ ސިޓީ ހޮޓާ އޯޕަން ބިޑަށް ލުމަށް ވަނީ ނިންމާފައި

އާނިފާ ހުސެއިން ސިރާޖް

ހއ. އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓާގެ މަސައްކަތުގެ އިންވެސްޓުމެންޓް ވެލިއު ބެލުމަށްފަހު އޯޕެން ބިޑަށް ލުމަށް ނިންމާފައިވާކަަމަށް ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެކި ފަރާތްތަކުން މި އިންވެސްޓްމެންޓް އެކި ވަރަށް އަގު ކުރަމުންދާތީ އޭގެ އަސްލު ވެލިއު ދެނެގަތުމަށްފަހު ލަސްކުރުމެއްނެތި އޯޕަން ބިޑަށް ހުޅުވާލާނެ ކަމުގައެވެ.

"ވެލިޔު ކުރުމަށްފަހު، އެ ވެލިޔުއާއެކު ބިޑް ޕޭޕަރުތައް ތައްޔާރު ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އޯޕަން ބިޑަށް އުލިގަމުގެ ސިޓީ ހޮޓަލުގެ މަސައްކަތް ކުރަން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އުލިގަމު ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީޑީސީން ފަށާފައިވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް އެމްޓީޑީސީ އަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.