ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އަފްޣާނިސްތާނުގެ ރައްޔިތުންނަށް މިނިސްޓަރު ޝާހިދު ތަހުނިޔާ ފޮނުއްވައިފި

އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ފޮރިން މިނިސްޓަރު ސަލާހުއްދީން ރައްބާނީއަށް މިނިސްޓަރު ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، އަފްޣާނިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައްޔިތުންނާއި ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ދެންނެވިއެވެ.

އަދި އެގައުމަށް ސުލްހަވެރި، އުފާފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންނެވިއެވެ. މިނިސްޓަރު ޝާހިދުގެ މެސެޖުގައި ދިވެހިރާއްޖެއާއި އަފްޣާނިސްތާނާއި ދެމެދު އޮތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ދާޅުވިއެވެ.