ނިމިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކޮށްފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.
މިކަން ބެލުމަށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ފަސް އަހަރު ދުވަހުގެ ތެރޭގައި އެފަދަ ހަރަދެއްް ކޮށްފައިވޭތޯ ބެލުމަށް، ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކަށް މާލިއްޔަތު ކޮމެޓީން ވަނީ މިހާރު ސިޓީއެއް ފޮނުވައިފައެވެ.
އެ ސިޓީގައި އެ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރުމަށް މިދިޔަ ފަސް އަހަރުގައި އެއްވެސް ހަރަދެއް ކޮށްފައިވޭތޯ ބަލައި އެކަމުގެ ތަފްސީލް ފޮނުވަން ވަނީ އެދިފައެވެ.
މުއައްސަސާތަކާއި ކުންފުނިތަކުގެ އޮޑިޓް ރިޕޯޓް ތަކާއި މާލީ މައްސަލަތައް މާލއިްޔަތު ކޮމިޓީން ބަލަމުންދާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާގައި، ސަރުކާރު ހިއްސާ ވާ ކުންފުނިތަކުން ސިޔާސީ ކަންކަމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.