ދެ ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ފުލުހުން އެ ދެމީހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ކެނޯއެއްގައި އޮޔާ ދަނިކޮށް، އެ ދެމީހުން ސަލާމަތް ކޮށްފައިވަނީ ކ.މާފުށީގެ އިރު ދެކުނު ފަރާތުން ބޭރަށް ދަނިކޮށް ކަމަށެވެ. އަދި އެ ދެމީހުން ސަލާމަތް ކޮށްފައިވަނީ މާފުށީގެ ހަތަރު ފުލުހަކު ޑިންގީއެއްގައި ގޮސްގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ދެ ފަތުރުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.