މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މި މީހާގެ ހަށިގަނޑު މިއަދު ހެނދުނު އެމްބިއުލާންސްގައި ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފިއެވެ.
މަރުވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މަރުވެފައިވާ މީހާގެ ހަށިގަނޑު އެމްބިއުލާންސްގައި އައިޖީއެމްއެޗް އަށް ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 6:25 ހާއިރުކަމަށެވެ.
މަރުގެ ސަބަބެއް ފުލުހުން އަދި ހާމަކޮށްފައިނުވާއިރު އެމީހާގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.