ޚަބަރު

ހެލްމެޓެއް އަޅައިގެން ސަލާން ޖަހަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މިއަދު މަޖީދީ މަގުގައި ހެލްމެޓެއް އަޅައިގެން ސަލާން ޖަހަން އުޅުނު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިސާބުގައި ހެލްމެޓެއް އަޅައިގެން ސަލާން ޖަހަން އުޅެނިކޮން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މި މީހާ ހައްޔަރުކުރި ސީދާ ސަބަބެއް ފުލުހުން އަދި ހާމަކޮށްފައިނުވާ އިރު، އަންހެން މީހާ ހައްޔަރުކޮށް ބީއެމްއެލް ކައިރިން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.