ޚަބަރު

ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ބެލެވޭ ގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ އީދު ޗުއްޓީއަށް ކުރައްވާ ދަތުރުފުޅެކެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންނެވި އިރު، އެމަނިކުފާނު ވަނީ މިދިޔަ ފެބްރުއަރީ މަހު އެގައުމަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ.