ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ސައިކަލެއް ދުއްވަނިކޮން ބުރުޒުމަގުން މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ސައިކަލު ދުއްވަނިކޮން މިރޭ 6:28 ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި ސައިކަލު މިހާރު ވަނީ ސައިކަލުގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.