ބުރުޒުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ބުރުޒު މަގު އިރުން ހުޅަނގަށް ދުއްވާފައިދިޔަ ކާރަކާއި ޖަނަވަރީ ހިނގުމުން ބުރުޒު މަގަށް ހުރަސްކުރި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 8:35 ހާއިރު ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓްވި ސައިކަލު އަދި ކާރު ދުއްވަން އިން ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.