ސަތޭކަ ހަތްދިހަ ފަސް މީހުންނާއެކު ދަތުރު ކުރަމުން އަންނަ ފެރީ ލޯންޗެއް އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފްއިން އެހީވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ "އޯޝަން 20" ނަމަަކަށް ކިޔާ އެ ފެރީ ލޯންޗުގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އެންގީ މިއަދު ހަވީރު 5:44ހާއިރު ކަމަށެވެ.
އަދި އެ ފެރީ ލޯންޗުގެ އިންޖީނު ހުއްޓުނީ ވ.ދިއްގަލުވަށި ފަޅުގެ ހުޅަނގުން އެއް ނޯޓިކަލް މޭލު ބޭރުން ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ލޯންޗަށް މީހުން ނަގަމުން އަންނަ ކަމަށެވެ.