އެމްޓީސީސީން ހުޅުމާލެ އާއި މާލެއާ ދެމެދު ދެމުން އަންނަ އާންމު ފެރީގެ ހިދުމަތާއި އެކްސްޕްރެސް ލޯންޗު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމައިފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާރޭގެ 12 އިން ފެށިގެން ހުޅުމާލޭ އާއި މާލެއާ ދެމެދު ދަތުރުކުރާ ޕްރީމިއަމް ލިންކްގެ ފެރީތައް ނޫން އެހެން ފެރީތަކުގެ ހިދުމަތް ދިނުން ހުއްޓާލާނެ ކަމަށެވެ. އެހެންނަމަވެސް ޕްރީމިއަމް ލިންކު ފެރީގެ ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެމްޓީސީސީން ވަނީ ހުޅުލެ އާއި މާލެއާ ދެމެދު ކުރާ އެކްސްޕްރެސް ލޯންޗްގެ ފެރީތަކުގެ ހިދުމަތް ދިނުން ހުއްޓާލުމަށް ވެސް ނިންމާފައެވެ.
އެކުންފުނިން ބުނީ ފެރީތަކުގެ ހިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ ސިނަމާލެ ބްރިޖް ހުޅުވުމާ ގުޅިގެން ކަމަށެވެ.
ހުޅުމާލެގެ ފެރީގެ ބައެއް ހިދުމަތްތައް މެދުކަނޑާލަން ނިންމި ނަމަވެސް ހުޅުމާލޭގައި ކުރާ ބަހުގެ ދަތުރުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ