ތ. ތިމަރަފުށީގައި ހިންގި ގްރޫޕު މާރާމާރީއެއްގައި ދެ މީހަކަށް ޒަހަމުވެއްޖެއެވެ.
ފުލުހުން ބުނީ ތިމަރަފުށީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 9:11 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށާއި އެ މާރާމާރީގައި ދެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި ޒަހަމުވި ދެ މީހުންގެ ހާލުވެސް ރަނގަޅެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއް އަދި 23 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.