ޚަބަރު

20 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެގެން ކޯސަޓްގާޑުން ހަރަކާތްތެރިވާން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ޅ. ނައިފަރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރޮން އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗު ދިޔަވާން ފެށީ ކުއްލިއަކަށް ލޯންޗުގެ ފެން ހިއްކާ ޕަންޕަށް މައްސަަލައެއް ދިމާވެގެން ކ. ގާފަރާ އިރު އުތުރުން ހަތަރު ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 4:50 ހާއިރު ކަމަށާއި ލޯންޗުގައި ތިބީ 20 މީހުން ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެހެން ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން އެ ލޯންޗު ގާފަރަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.