ވައްކަމާއި ފޭރުން

ޒުވާނަކަށް ބިރުދައްކައިގެން ފައިސާތަކެއް ފޭރިގެންފި

ފަތޯނާ ފާއިޒު

މާލޭގައި އުމުރުން 18 އަހަރުގެ ޒުވާނަކަށް ބިރު ދައްކައި، ފައިސާތަކެއް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ ޖަމާލުއްދީން ސްކޫލް ކައިރީގައި މިއަދު ހަވީރު، އުމުރުން 18 އަހަރުގެ ޒުވާނަކަށް ދެމީހަކު ވެގެން ބިރުދައްކައި، އޮލިމްޕަސް ކައިރީގައި ހުރި އޭޓީއެމްއަށް ގެންގޮސް އެ ޒުވާނާގެ އެކައުންޓުގައި ހުރި 1،700 ރުފިޔާ ފޭރިގެންފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިރޭ 7:19 ހާއިރެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ބޮޑު އީދު ބަންދާ ދިމާކޮށް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ އިރު، ޗުއްޓީއަށް ދިއުމުގެ ކުރިން ގެދޮރާއި އެނޫންވެސް މުދާ ރައްކާ ކުރާ ތަންތަން ތަޅުލެވުނުކަން ޔަގީން ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.