މާލޭގެ އަމީނީ މަގުގައި ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އަމީނީ މަގު ސްޓެލްކޯ ކައިރިން، ބިދޭސީ މީހާގެ އަތުން ފޯނު ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހެޅީ މިރޭ 7:19 ހާއިރެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް ވައްކަމާއި ފޭރުން އިތުރުކަން ފާހަގަކޮށްލެވެއެވެ.