ޚަބަރު

"އީދުގެ ނަމުގައި ފާހިޝް އަމަލު ނުކުރޭ"

ފަތޯނާ ފާއިޒު

1

އީދު ފާހަގަ ކުރުމުގެ ނަމުގައި ފާހިޝް އަމަލުތައް ނުކުރުމަށް އައްޝެއިހު އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝެއިހް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީދުގެ ނަމުގައި ހިލޭ އަންހެނުންނާއި ފިރިހެނުން، އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި، ބައްދައި، ފާހިޝް ކުޅިވަރުތައް ކުޅުމުގައި ބައެއް މީހުން ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.

އެގޮތުން، ބައެއް ރަށްރަށުގެ މިސްކިތުގެ ހަރިންމަ ތެރޭގައިވެސް އެފަދަ ހުތުރު އަމަލުތައް ހިންގާފައިވާކަން ޝެއިހް ޒައިދު ފާހަގަކުރެއްވިއެވެ. އޭނާ ވަނީ އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި މައިންބަފައިން ދަރިންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޝެއިހް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، އީދުގެ ނަމުގައި ފާހިޝް އަމަލުތައް ބަޔަކު ކުރާނަމަ، ނަސޭހަތް ދީ ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ޝެއިހުން ކޮބައިތޯ މީހުން ސުވާލު އުފައްދާ ކަމަށެވެ. އެފަދަ ނޭދެވޭ އަމަލުތައް މީހުން ކުރަނީ، އެއީ ގޯސްކަމެއްކަން ނޭނގިގެން ނޫން ކަމަށާއި އަބަދުވެސް އެފަދަ މުންކަރާތްތަކާ ދެކޮޅަށް ހުންނަވާނެ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ޒައިދު އެހެން ވިދާޅުވި އިރު، ކުލަ ޖެހުމުގެ ތެރެއިން އަންހެނަކަށް ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފެންމަތިވެފައިވަނީ އިއްޔެ ތ.ވޭމަންޑޫގައެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟