ޚަބަރު

މޮޅަދޫގައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ފަތޯނާ ފާއިޒު

2

ހއ. މޮޅަދޫގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި އެރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތު ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވަނީ މޮޅަދޫގައި އުޅޭ ބިދޭސީން ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރި ކުރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ހިންގާފައެވެ. އެ ޕްރޮގްރާމް ހިންގާފައިވަނީ އެރަށުގައި އުޅޭ ބިދޭސީން ހޭލުންތެރިކޮށް، ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މައުލޫމާތު ދިނުމުގެ ގޮތުންނެވެ. އެ ޕްރޮގްރާމް ހިންގީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.

މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ބިދޭސީންނާ ގުޅުންހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި މަސައްކަތުގެ މާހައުލުގައި ބިދޭސީންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އަދި މުޖުތަމައުގެ ތެރޭގައި އުޅޭއިރު ބިދޭސީންގެ ފަރާތުން ކުރިމަތިވާ ޖިނާއީ ކުށްތަކާއި، އެކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟