ހއ. އިހަވަންދޫ ކައުންސިލުން އިސްނަގައިގެން، އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އަލްހާ އީދު ފާހަގަކޮށްފިއެވެ.
ފުލުހުން ބުނީ “ބަދަހި އީދު” ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން އީދު ދުވަހު، އީދު ނަމާދަށް ފަހު ކުރިއަށްގެންދިޔަ އީދު ހަދިޔާ ބެހުމާއި، އެދުވަހު ހަވީރު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ފުލުހުން ވަނީ ބައިވެރިވެފައެވެ. މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ސްޓޯލެއް ތައްޔާރުކޮށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ކުޑަކުދިން ފުލުހުންގެ ޔުނީފޯމް ލައިގެން ފޮޓޯ ނެގުމާއި އެކި ކަހަލަ ކުޅިވަރުތައް ކުޅުމުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.