ވެރިރަށް މާލޭގެ މާފަންނުގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓި، ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގެ ފަސް ވަނަ ފަންގިފިލާގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އުނދަގޫ ވެގެން، އުމުރުން 40 އަހަރުގެ ފިރިހެނަކު އެ އިމާރާތަށް ވަދެ އުޅެނިކޮށް، ވައިގޮޅިން ދެވަނަ ފަންގިފިލާއަށް އޭނާ ވެއްޓުނު ކަމަށެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ވެއްޓުނު ފިރިހެން މީހާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށާއި އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.