ޚަބަރު

ކަނޑަށް ވެއްޓުނު ފްލައިން ސްކޫލުގެ ފްލައިޓް ނަގައިފި

އާނިފާ ހުސެއިން ސިރާޖް

ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ވެއްޓުނު އައްޑޫ ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ފްލައިޓް ކަނޑުއަޑިން ނަގައިފިއެވެ.

މިއަދު މެންދުރުފަހު ފްލައިޓް ކަނޑު އަޑިން ނެގީ ބާޖެއްގައި ގޮސް ކެރޭނެއްގެ އެހީގައެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ހަވީރު 4:30 އެހާކަންހާއިރު އެ ފްލައިޓް ވެއްޓުނީ އިންޖީނު ފެއިލް ވެގެންނެވެ. ޕައިލެޓް ޓްރެއިނީއަކާއި ފްލައިން ސްކޫލްގެ އިންސްޓުރަކްޓަރެއް ދަތުރުކުރި އެ ފްލައިޓް ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެމީހުން ސަލާމަތްކުރީ ޝަންގްރިއްލާ އިންނެވެ.

ފްލައިޓް ވެއްޓުނު ހާދިސާ އޭއޭއޭ އިންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.