ޅ. ހިންނަވަރުގައި ރޭ ކުރިއަށްދިޔަ އީދު ޝޯގެ ތެރެއިން ޒުވާބުކޮށް ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުން މިއަދު ބުނީ، އީދު ޝޯ ބަލަން ތިބި މީހުންގެ ތެރެއިން ދެ ރަށެއްގެ ބައެއްގެ ދެމެދުގައި ހިންގި އެ ހަމަނުޖެހުމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 12:18 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުން ކޮންޓްރޯލްކޮށް، އެ މީހުން އެ ސަރަހައްދުން ފޮނުވާލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ރޭގެ ހަަމަނުޖެހުން ހިންގީ ކޮން ދެ ރަށެއްގެ ބައެއްގެ ދެމެދުގައި ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހަމަނުޖެހުން ހިންގީ ހިންނަވަރުގެ އީދު ޝޯ ބަލަން ނައިފަރުން ދިޔަ ބަޔަކާ ދެމެދުގައެވެ.