ވައްކަމާއި ފޭރުން

ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި، ސާމާނުތަކެއް ވަގަށް ނަގައިފި

އާނިފާ ހުސެއިން ސިރާޖް

އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި، އެތަނުގެ ބައެއް ސާމާނުތައް ވަގަށް ނަގައިފިއެވެ.

މި ވައްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި ވަގަށް ނަގާފައިވަނީ ސީޕީޔޫ އަކާއި ޕޮރިންޓަރެއް އަދި ސްކޭނަރެއް ކަމަށާއި މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.