ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ސަރުކާރަށާއި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ގާތް، އަހުންނާއި އުހުތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.
އަދި އެގައުމަށް ސުލްހަވެރިކަމާއި އުފާ ފާގަތި ކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.