ބ.ދަރަވަންދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ދަރަވަންދޫ އެއާޕޯޓުންނެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ އެއަޕޯޓު ތެރެއިން އެމީހާ ހުއްޓުވައި ފާސްކުރިއިރު އެނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ރަބަރު ޕެކެޓަކާއި ފިލްމް ހުސްކުރި ދަޅެއް ފެނިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.