ޓްރީޓޮޕް ހޮސްޕިޓަލުގެ އެމެޖެންސީ ހިދުމަތަށް ދައްކަންޖެހޭ އަގުތައް ހެޔޮކޮށްފިއެވެ.
އެމެޖެންސީކޮށް ޑޮކްޓަރަށް ދެއްކުމުގެ އަގުތައް ހެޔޮކޮށް އެއަގުތަކަށް ޓްރީޓޮޕް އިން އަމަލު ކުރަން ފަށާފައިވަނީ މިއަދުއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެ ހޮސްޕިޓަލުގެ އެމެޖެންސީގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ.
މީގެ އިތުރުން 22:30ގެ ނިޔަލަށް އެ ހޮސްޕިޓަލުން ސްޕެޝަލިސްޓުންނަށް އައުޓް-ޕޭޝަންޓް (އޯޕީޑީ) ހިދުމަތް ދިނުމަށް ވަނީ ގަޑި އިތުރުކޮށްފައެވެ.
ވަރަށް ފަހުން ޓްރީ ޓޮޕުން ވަނީ މާލޭގެ ޕޮލިސް ޓޯޔާޑް ކައިރިން ޓްރީޓޮޕް ހޮސްޕިޓަލަށް ދިއުމަށް ބަހުގެ ހިދުމަތް ފަށައިފައެވެ.
މިއީ ޓްރީޓޮޕަށް ޑޮކްޓަރަށް ދައްކަންދާން ބޭނުންވާ ފަރާތްތަކަށް އިތުރު ފީ އަކާނުލައި ދަތުރު ފަތުރުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހޮސްޕިޓަލުން ފެށި ހިދުމަތެކެވެ.
ކޮންމެ ބަލި މީހަކާއެކު އެހީތެރިޔަކަށް ހޮސްޕިޓަލުގެ މި ހިދުމަތް ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.