އިބްރާހިމް ޒަކީ
ގައުމަށް ތަރައްގީ އާއި ހެޔޮ ބަދަލު ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން ކުރިއަށްވުރެ ބޮޑަށް ފެނިގެންދާކަމީ، ވަރަށްބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ނައިބުރައީސް ވިދާޅުވީ، ޒުވާނުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، ދިވެހި ޒުވާނުންގެ ހުނަރާއި ފަންނުވެރިކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި ދުވަހުގެ ހެޔޮ އެދުންތައްވެސް ނައިބު ރައީސް ވަނީ ފޮނުއްވައިފައެވެ.
"ޒުވާނުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، ދިވެހި ޒުވާނުންގެ ހުނަރާއި ފަންނުވެރިކަން ފާހަގަ ކޮއްލަން. ގައުމަށް ތަރައްގީ އަދި، ހެޔޮ ބަދަލު ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން ކުރިއަށްވުރެ ބޮޑަށް ފެނިގެންދާކަމީ، ވަރަށްބޮޑަށް އުފާކުރާކަމެއް، ދުވަހުގެ ހެޔޮ އެދުން އަރިސްކުރަން،" ނައިބު ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މިއަދު ޒުވާނުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ދުވަހުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫގައެވެ.