އައްޑޫސިޓީ ހިތަދޫ ފިހާރައަކުން ވަގަށްނެގި، ގިނަ އަދަދެެއްގެ މުދާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، އެތަކެތި ފިހާރައިން ވަގަށް ނަގާފައިވަނީ، ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ، އެތަކެތި ވަގަށް ނެގި ކަމުގެ މައުލޫމާތު ލިބުމާގުޅިގެން، އެ ތަކެތި ހޯދަން ކުރި މަސައްކަތުން މިއަދު ހެނދުނު އެ އެއްޗެހި ފެނުނީ، ހިތަދޫގައި ހަދަމުންދާ އިމާރާތެއް ބަލައި ފާސްކޮށް އެ އިމާރާތުގެ ތެރެއިން ކަމަށެވެ.
ފުލުހުން ހޯދި ތަކެތީގެ ތެރޭގައި، ގިނަ އަދަދެއްގެ ޗޮކުލެޓާއި ގިނަ އަދަދެއްގެ ރެޑްބުލް ދަޅުގެ އިތުރުން ވެސް އެކި ކަހަލަ ގިނަ އަދަދެއްގެ މުދާ ހިމެނެއެވެ.
ފުލުހުން މި މައްސަަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.