ވިލިމާލެ ބީޗް ސަރަހައްދު މޫދުން ގެއްލުނު ދެމީހުން ހޯދަން ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ކަނޑުގެ ސާފެސް ބަލަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ފުލުހުންބުނީ އެ ދެމީހުން ގެއްލިފައިވަނީ މިއަދު ހަވީރު ފަހެއްޖަހާކަން ހާއިރު އޮރެންޖް ކެނޯއެއްގައި މޫދަށް އެރި އުޅެނިކޮށްކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އެ ދެ ފިރިހެނުން ގެއްލުނު ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ 20:54 ހާއިރު ކަމަށެވެ.
ވިހި އަހަރާއި 33 އަހަރުގެ އެ ދެ ފިރިހެނުން ހޯދުމަށް މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން މެރިން ޕޮލިހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި އެކި ހާދިސާ ހިނގައި ފުލުހުންނާއި އެމްއެންޑީއެފްއަށް އަންނަނީ ރިޕޯޓު ކުރަމުންނެވެ.
މޫސުން ގޯސްވެފައިވާތީ، ކަނޑު ދަތުރު ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.